logo

އެއްވެސް ނުފޫޒެއް ނުފޯރުވާ, މުވައްސަސާތައް ހަލުއި ދުވެލީގައި މަސައްކަތްކުރަމުން ދޭތޯ ކަށަވަރު ކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރަމުންގެންދާނަން: ރައީސް

29 އޮކްޓޯބަރު 2024 - 19:54
އެއްވެސް ނުފޫޒެއް ނުފޯރުވާ, މުވައްސަސާތައް ހަލުއި ދުވެލީގައި މަސައްކަތްކުރަމުން ދޭތޯ ކަށަވަރު ކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރަމުންގެންދާނަން: ރައީސް

-

އެއްވެސް ނުފޫޒު ފޯރުވުމެއްނެތި, މުވައްސަސާތައް ހަލުއި ދުވެލީގައި މަސައްކަތްކުރަމުން ދޭތޯ ކަށަވަރުކުރުމާއި އަދި އެ މަގަށް ކަންކަން ބައްޓަން ކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރައްވާނެކަމުގައި ރައީސް ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިރޭ އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުން ޙިއްޞާ ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސްގެ ޕޯސްޓުގައި މުވައްސަސާތައް ހަރުދަނާކޮށް ހިންގުމަށްޓަކައި ޤާނޫނާއި ޤަވާޢިދަށް ގެންނަންޖެހޭ އިސްލާހެއްވާނަމަ އެ އިސްލާޙެއް ގެންނަން ސަރުކާރުން ހުށަހަޅަމުން ގެންދާނެކަން ފާހަގަކުރައްވާފައިވެއެވެ.

ރައީސްގެ ޕޯސްޓުގައ ދައުލަތުގެ އެއްވެސް ބާރެއްގެ، ނުވަތަ މިނިވަން މުއައްސަސާއެއްގެ، ނުވަތަ އިންތިޚާބު ކުރެވޭ އެއްވެސް ބައެއްގެ ބާރުތަކުގެ ތެރެއަށް ނުފޫޒު ފޯރުވުމަކީ އެމަނިކުފާނު މިއަދާ ހަމަޔަށްވެސް ކުރިކަމެއްނޫންކަމަށާއި އަދި ކުރިޔަށް އޮތް ތާނގައިވެސް ކުރާނޭކަމެއްނޫންކަމުގައި ބާޔާންކުރައްވާފައިވެއެވެ. އެހެން ނަމަވެސް އެފަދަ ފަރާތްތަކުން ޢަދުލުވެރިކަމާއި، އިންސާފާއި، ހަމަހަމަކަމާއެކު، ވަކި މީހަކަށް ބެލުމެއްނެތި، ހަލުވިކަމާއެކު މަސައްކަތްކުރައްވާނެކަމުގައި ރައީސް ފާހަގަކުރައްވާފައިވެއެވެ.

ކޮމެންޓް