logo

މިއަދާ ހަމައަށް މަސްވެރިންނަށް ނުދެވިހުރި ފައިސާގެ ޖުމުލަ އަދަދު މަސްވެރިންނަށް ރަށްދުކޮށްދެއްވުމަށް މިފްކޯއަށް ޙަވާލުކޮށްފި

30 އޮކްޓޯބަރު 2024 - 07:11
މިއަދާ ހަމައަށް މަސްވެރިންނަށް ނުދެވިހުރި ފައިސާގެ ޖުމުލަ އަދަދު މަސްވެރިންނަށް ރަށްދުކޮށްދެއްވުމަށް މިފްކޯއަށް ޙަވާލުކޮށްފި

-

މިއަދާ ހަމައަށް މަސްވެރިންނަށް ނުދެވިހުރި ފައިސާގެ ޖުމުލަ އަދަދު މިހާރު ވަނީ އެ ފަރާތްތަކަށް ރަށްދުކުރުމަށް މިފްކޯއަށް ޙަވާލުކުރެވިފައިކަމުގައި ރައީސް ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުން ޙިއްޞާކުރެއްވި ޕޯސްޓެއްގައެވެ.

ރައީސްގެ ޕޯސްޓުގައި އެމަނިކުފާނު ވަނީ މެނިފެސްޓޯގައިވާ ފަދައިން 48 ގަޑި އިރު ތެރޭގައި ދެމެހެއްޓެނިވި ގޮތެއްގައި ފައިސާ ދެވޭނޭ ނިޒާމު ޤާއިމު ކުރުމުގެ މަސައްކަތް ކުރެވެމުންދާކަމުގައި ފާހަގަކުރައްވާފައެވެ.

މަސްވެރިން ބާނާ މަސް ގަތުމަށް ފަހު 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދިނުމަކީ މި ސަރުކާރުގެ ވައުދެކެވެ. މި ސަރުކާރު ވެރިކަމަށް އައިރު މަސްވެރިންނަށް ކުރީގެ ސަރުކާރުން ގިނަ އަދަދެއްގެ ފައިސާ ނުދީ ހުރުމުން ފައިސާ ދިނުމުގައި ބޮޑެތި ގޮންޖެހުންތައް ދަނީ ކުރިމަތިވަމުންނެވެ.އެހެން ނަމަވެސް އެ ގޮންޖެހުންތަކާ އެކު، ސަރުކާރުން ވަނީ މަސްވެރިންގެ ގިނަ އަދަދެއްގެ ފައިސާ މިހާތަނަށްވެސް ދޫކޮށްފައެވެ.

ކޮމެންޓް