ބޮޓްސްވާނާ އިންޓަރނޭޝަނަލް ސީރީޒް ބެޑްމިންޓަން 2024 ދިވެހި ކުޅުންތެރިން ދައްކަމުންދާ މޮޅު ކުޅުމަށް ރައީސް ތައުރީފު ކުރައްވައި ހިތްވަރުދެއްވައިފި
-
ބޮޓްސްވާނާ އިންޓަރނޭޝަނަލް ސީރީޒް ބެޑްމިންޓަން 2024 ދިވެހި ކުޅުންތެރިން ދައްކަމުންދާ މޮޅު ކުޅުމަށް ރައީސް ޑރ މުޙައްމަދު މުޢިއްޒު ތައުރީފު ކުރައްވައި ހިތްވަރުދެއްވައިފިއެވެ.
ބޮޓްސްވާނާ އިންޓަރނޭޝަނަލް ސީރީޒް ބެޑްމިންޓަން 2024 ދިވެހި ކުޅުންތެރިން ދައްކަމުންދާ މޮޅު ކުޅުމަށް ފަޚުރުވެރިވާކަން ފާހަގަކުރައްވާ ރައީސްވަނީ ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަންގެ މުބާރާތެއްގައި އަންހެނުންގެ ސިންގަލްސް ފައިނަލުގައި ވާދަކުރަން، ދިވެހިރާއްޖޭގެ އާމިނަތު ނަބީހާ އާއި، ފާޠިމަތު ނަބާހާ ހޮވުމާއެކު، ޗެންޕިއަންކަމާއި ރަނަރއަޕްކަންވެސް ރާއްޖެއަށް ކަށަވަރުވެއްޖެކަން އުފަލާއެކު ފާހަގަކުރައްވާފައެވެ.
ބޮޓްސްވާނާ އިންޓަރނޭޝަނަލް ސީރީޒް ބެޑްމިންޓަން 2024 ގައި "2 ގޯލްޑް މެޑެލް، 2 ސިލްވަރ މެޑެލް އަދި 4 ބްރޯންޒް މެޑެލް ކަށަވަރުކޮށް، ދިވެހި ކުޅުންތެރީން ދައްކަމުންދާ މޮޅު ކުޅުމަށް ޓަކައި ފަޚުރުވެރިކަމާއެކު ސާބަސް ދެން" ރައީސް ވިދާޅުވެފައިވެއެވެ. ހަމައެއާއެކު މި ޝަރަފް ރާއްޖެއަށް ހޯދަައިދިން ހުނަރުވެރި ދެބެއިންނަށާއި، ދިވެހި މުޅި ޓީމަށް ރައީސް ވަނީ ތަހުނިޔާ ދަންނަވާފައެވެ.