logo

މާކުރަތު ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި މުއައްސަސާތަކުގެ އިސްވެރިންނާއި ބައްދަލުކުރައްވައި ރަަށުގެ ރައްޔިތުން އެންމެ ބޭނުންވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި

23 ޖެނުއަރީ 2025 - 14:10
މާކުރަތު ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި މުއައްސަސާތަކުގެ އިސްވެރިންނާއި ބައްދަލުކުރައްވައި ރަަށުގެ ރައްޔިތުން އެންމެ ބޭނުންވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި

-

ރައީސް ޑރ މުޙައްމަދު މުޢިއްޒު، މާކުރަތު ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރަށުގެ ތަރައްޤީއަށްޓަކައި ކުރަން ބޭނުންވާ ކަންކަމާއި، ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މާކުރަތު ކައުންސިލު އިދާރާގައެވެ.

މިއަދުގެ މި ބައްދަލުކުރެއްވުމުގައި ކައުންސިލުންވަނީ ރަށުގެ ތަރައްޤީއަށް މުހިންމު ކަންކަމާއި، އެކަންކަން ހާސިލްކުރުމަށް ހުރި ގޮންޖެހުންތައް ރައީސް ހިއްސާކުރައްވާފައެވެ. އެގޮތުން ކައުންސިލުން ވަނީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު އަވަހަށް ފުރިހަމަކޮށްދެއްވުމަށާއި، ރަށުގެ ފެނާއި ނަރުދަމާގެ މައްސަލަ ހައްލުކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ. މީގެއިތުރުން ކައުންސިލުންވަނީ މާކުރަތު ސުކޫލުގައި ޚާއްޞައެހީއަށް ބޭނުންވާ ދަރިވަރުންނަށް ކިޔާވައިދޭ ސެން ޓީޗަރެއްނެތުމުންނާއި، މަލްޓިޕާޕަސް ހޯލެއް ނެތުމުން ގޮންޖެހުންތަކެއް ކުރިމަތިވާކަން ފާހަގަކުރައްވާފައެވެ. އަދި ރަށުގެ ޒުވާނުންނަށް ޚާއްޞަ ފިޓުނަސް އެންޑް ރިކުރިއޭޝަން ސެންޓަރަކާއި، އާ ފުޓްސަލްދަނޑެއް ބޭނުންވާކަން ކައުންސިލުން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ރަށުގެ ޞިއްޙީ މަރުކަޒުގެ ހާލަތުވެސް ކައުންސިލުން ވަނީ ރައީސްއާ ހިއްސާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގެ ކުރިން ރައީސް ވަނީ މާކުރަތުގެ ޞިއްޙީ މަރުކަޒަށް ޒިޔާރަތްކުރައްވައި އެތަނުގެ ހާލަތު ބައްލަވާލައްވާފައެވެ. އަދި ރަށު ކައުންސިލްގެ އާ އިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުވެސް އެ މަނިކުފާނު ވަނީ ޝަރަފުވެރިކޮށްދެއްވާފައެވެ.

ރައީސް ވަނީ މިއަދުގެ ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން މެދުވެރިކުރައްވައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ޙިއްޞާކުރައްވާފައެވެ.

ކޮމެންޓް