logo

ރާއްޖެއިންބޭރުގެ ޑިޕްލޮމެޓުންނަށް ރައީސްގެ ދެކަނބަލުން ރޯދަވީއްލުމެއް ދެއްވައިފި

12 މާރިޗު 2025 - 17:13
ރާއްޖެއިންބޭރުގެ ޑިޕްލޮމެޓުންނަށް ރައީސްގެ ދެކަނބަލުން ރޯދަވީއްލުމެއް ދެއްވައިފި

-

ރައީސް ޑރ މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، ރާއްޖޭގައި ތިއްބަވާ ބޭރު ގައުމުތަކުގެ ސަފީރުންނާއި ބައިނަލްއަޤްވާމީ ޖަމުޢިއްޔާތަކުގެ އިސްބޭފުޅުންނަށް ރޯދަވީއްލުމެއް ދެއްވައިފިއެވެ.

މުލީއާގޭގައި މިއަދު ބޭއްވެވި މި ރޯދަވީއްލުމަށް ވަޑައިގެންނެވި ޢިއްޒަތްތެރިން ވަނީ ރައީސްގެ ދެކަނބަލުންނަށް އިޙްތިރާމް އަދާކުރައްވާފައެވެ.

މި ރޯދަ ވީއްލުމުގައި ރައީސްގެ ދެކަނބަލުންގެ އަރިހުގައި ރައީސްގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފާއި އެމަނިކުފާނުގެ އަނބިކަނބަލުން ޢާއިޝަތު އަފްރީން މުޙައްމަދާއި މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ޑޮކްޓަރ ޢަބްދުﷲ ޚަލީލްގެ އިތުރުން ސަރުކާރުގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ކޮމެންޓް